އެންމެ ފަހުން ހިތަދޫއިން ސިފާގެ ’ޝޯ‘ ކެންސަލް ކޮށްފި
ދެންމެ | 10 ޖުލައި 2022

އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ މަރިޔަމް ސިފާ ލާމް ހިތަދޫގައި ދޭން އޮތް ޝޯ ކެންސަލް ކޮށްފި އެވެ.

އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ލީކް ވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ޝިފާ މިއަދުގެ ވަގުތެއްގައި އެ ރަށަށް ދިއުމަށް ހަމަޖެހިފައި ވީނަމަވެސް ދަތުރު ވަނީ ކެންސަލްކޮށްފަ އެވެ.

ލ. ހިތަދޫން ވާހަކަ ދެއްކި އޮފިސަލަކު ވިދާޅުވީ ކުރިން ސިފާ ހިމެނޭ ބޮޑުބެރު ގުރޫޕްގެ ސޯއެއް އެރަށުގައި ބޭއްވުމަށް ހަމަޖެހިފައި ވީނަމަވެސް މިހާރު ކެންސަލްކޮށްފައިވާ ކަމަށެވެ.

އީދު ފާހަގަ ކުރަން ޝޯ ދިނުމަށް ރަށްރަށަށް ގެންދާތީ މީސް މީޑިޔާގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ގެންދަނީ އެކަމާއި ދެކޮޅަށް ނުރުހުން ފާޅުކުރަމުން ނެވެ.

މި އަހަރުގެ އަޟްހާ އީދާ ގުޅިގެން ޝިފާ ޝޯ ދިނުމަށް އެންމެ ފުރަތަމަ ދިޔައީ ކ. ދިއްފުއްޓަށެވެ. އެ ރަށަށް ޝިފާ ދިއުމުން، އެ ރަށުގެ ގިނަ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ޝިފާ، ދިއްފުއްޓަށް މަޝްހޫރު ބޮޑުބެރު ގްރޫޕް ”ބިދަބިން“ ގްރޫޕާއެކުގައެވެ. ޝިފާއާ އެކުގައި ނެށުމުގެ ދާއިރާގައި އުޅޭ ބައެއް އަންހެނުން ވެސް ދިއްފުއްޓަށް ދިޔައެވެ.

މި ޓީމަށް ރަށުގެ ބަނދަރު މަތިން ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. އެގޮތުން، އެ ރަށު ރައްޔިތުން ވަނީ ޝިފާ ހިމެނޭ ހެން އެންމެންގެ ކަރުގައި މާފައްޗެއް އަޅުވައިފައެވެ.

ޝިފާގެ އަޑު މީގެ ދުވަސްކޮޅެއް ކުރިން ގަދަވީ، އޭނާ އާއި އިތުރު އަންހެނަކު ބައިވެރިވެގެން އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.

އެ ވީޑިއޯއާ ގުޅިގެން ޝިފާ ބުނީ، މީސް މީޑިއާގައި ދައުރު ވަނީ ”ޑީޕް ފޭކް“ އެޑިޓް ވީޑިއޯއެއް ކަމަށެވެ. އަދި އެއީ އޭނާގެ އަގުވައްޓާލަން ދުރާލާ ރާވައިގެން ކުރާކަމެއް ކަމަށް ޝިފާ ބުނެފައި ވެއެވެ. ޝިފާ އެހެން ބުނި ފަހުން ވެސް އޭނާގެ އިތުރު ވީޑިއޯތަކެއް ލީކްވިއެވެ.

ޝިފާ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވުމުން ފުލުހުން ވިދާޅުވީ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެމައްސަލައިގައި ޝިފާ އާއި މިހާތަނަށް ފުލުހުން ސުވާލެއް ކުރިކަން ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެއްޖިންސުން ގުޅުން ހިންގުމަކީ ރާއްޖޭގައި ބޮޑު އަދަބެއް ކަނޑައަޅާފައިވާ ކުށެކެވެ. ގާނޫނު ބުނާ ގޮތުން އެއްޖިންސުން ގުޅުން ހިންގާ މީހާ 16 އަހަރަށް ޖަލަށް ލެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!