ރައީސް ނަސީދާއި ގާސިމް ސިއްރު މަސްވަރާތަކެއް ކުރަން ފަށައިފި
ދެންމެ | 30 ޖެނުއަރީ 2023

ރައީސް ނަސީދާއި ޖޭޕީގެ ލީޑަރ ގާސިމާއި ދެމެދު ސިއްރު މަސްވަރާތަކެއް ކުރަން ފަށައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވަގު ވޯޓު އަޅައި އިންތިހާބު އޮޅުވާލައިގެން ރައީސް ސޯލިހް އިންތިހާބު ކާމިޔާބު ކުރައްވާފައިވާއިރު ރައީސް ނަސީދު ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޖޭޕީގެ ލީޑަރ ގާސިމާއި ރައީސް ނަސީދުގެ ސިޔާސީ މަސްވަރާތަކެއް ފެށިފައި މިވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ގާސިމް މަސައްކަތް ފަށާފައިވާ ދަޑިވަޅެއްގަ އެވެ.

ޖޭޕީގެ އިސް ސަފްގައި ހިމެނި ވަޑައިގަންނަވާ ހުރިހާ ބޭފުޅުން ގެންދަވަނީ އަންނަ ރިޔާސީ އިންތިހާބުގައި ގާސިމް ނިކުމެ ވަޑައިގަތުމަށް ބާރު އަޅުއްވަމުން ނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!