އޮފީސް ލޯތްބަކީ ސިއްހަތަށް ފައިދާ ހުރި ކަމެއް!
ދެންމެ | 06 ޖުލައި 2023

މަސައްކަތުގެ މާހައުލަކީ ތަފާތު ތަޖުރިބާތަކާ ކުރިމަތިވާ މާހައުލެކެވެ. މަސައްކަތާއި ސިއްޙަތާ ހުރި ގުޅުން ދިރާސާކުރާ ތަޖުރިބާކާރުން ބަޔާންކުރާގޮތުގައި މުވައްޒަފުންނާ އެކުވެރިކަމުގެ ގުޅުން ބަދަހިވުމަކީ ސިއްޙަތަށް، ވަކިން ހާއްސަކޮށް ނަފްސާނީ ދުޅުހެޔޮކަމަށް ފައިދާހުރި ކަމެކެވެ. މީގެ ތެރޭގައި އެމީހަކާ އެކު މަސައްކަތުގައި ޝާމިލުވެ އުޅޭ މުވައްޒަފުންގެ އިތުރުން ސުޕަރވައިޒަރުންނާ މެދު ރަނގަޅު އަދި މުއާމަލާތް ކުރުމަށް ފަސޭހަ ގުޅުމެއް ގާއިމު ކުރެވިގެން ދިޔުން ހިމެނެއެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މަސައްކަތުގެ ’ޕްރޮފެޝަނަލް‘ މާހައުލާއި އަމިއްލަ ’ޕަރސަނަލް‘ ދިރިއުޅުން ވަކި ކުރުމަކީ މުހިންމު ކަމެކެވެ. އެހެން ނަމަވެސް މަސައްކަތުގެ މާހައުލުގައި ތިމާގެ އިހުސާސްތައް ދަންނަ އަދި ދިވާމާ ހުރަސްތައް ކަޑަތުކުރަން އެއްބާރުލުންދޭ ރަހުމަތްތެރިޔަކު ހުރުމަކީ މުހިންމު ކަމެއްކަމަށް ތަޖުރިބާކާރުން ދެކެއެވެ.

އަދި މިއީ ވަޒީފާއާ ދޭތެރޭ އޮންނަ ހިތްހަމަޖެހުން އިތުރުވެ ކުރާ މަސައްކަތުގެ ފެންނަރުވެސް ރަނގަޅުވެގެންދާ ކަމެއްކަމުގައި ވެއެވެ. މަސައްކަތުގެ މާހައުލުގައި އެންމެ ގާތް އެކުވެރިންނަކީ ދިމާވާ އެކި ކަންކަމުގައި ގިނަ ފަހަރު ’އިމޯޝަނަލް ސަޕޯޓު‘ ދޭ ބައެކެވެ. އެގޮތުން ލިބޭ ހުސް ވަގުތުތަކުގައި އެކަކު އަނެކަކާއެކު އެކި ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ހޯދާލުމަކީ އާންމުކަމެކެވެ.

މިނޫނަސް އެކި ގޮތްގޮތުން އެކަކު އަނެކަކަށް އެއްބާރުލުން ދެވިދާނެއެވެ. ހިނިތުންވުމާއެކު ސަލާމް ބަދަލުކޮށްލުން ފަދަ ކުދިކުދި ކަންތައްތަކުން ފެށިގެން ހާލަތު މެދުވެރިވާ ގޮތަކުން އަވަހަށް ގެއަށް ދާން ޖެހިއްޖެނަމަ އެކަމަށް ހުއްދަ ދިނުންފަދަ ކަންކަމަކީ އަނެކާއަށް ދެވޭ ވަރަށް ބޮޑު އެއްބާރުލުމަކާ އެހީތެރިކަމެކެވެ. މުހިންމީ ދާއިމީ ރަހުމަތްތެރިންތަކެއް އުފެއްދުން ކަމުގައި ނުވެދާނެއެވެ.

އެހެން ނަމަވެސް މުހިންމީ ތިމާ މަސައްކަތް ކުރަނީ ތިމާއަށް އެކަށީގެންވާ، އެއްބާރުލުން ލިބޭ، އަދި ތިމާއަށް ހެޔޮއެދޭ ބަޔަކާ އެކުގައި ކަމުގައި ވުމެވެ. އަދި އެ އިހުސާސެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!