މޫދު ވިނައިގެ ދަނޑުވެރިކަމުން ޑޮލަރުން ނަފާ ހޯދޭނެ!
ދެންމެ | 20 އޯގަސްޓް 2023

މޫދު ވިނައަކީ ރާއްޖޭގައި ކާމިޔާބު ކަމާއެކު ހެއްދިދާނެ އެއްޗެކެވެ. މިއީ ވިޔަފާރިއެއްގެ ގޮތުގައި ކުރަން ވެސް ރަނގަޅު ކަމެކެވެ. ނުލާހިކު ފައިދާވެސް ބޮޑު ކަމެކެވެ.

ރާއްޖެއަ އަކީ އިންޑިއާ ކަނޑުގެ ޓްރޮޕިކަލް ޖަޒީރާ ގަމެއް ކަމުން މިތަނުގެ މުރަކަ ފަރުތަކާއި، ކަނޑުގެ ދިރުން ހުރި ގޮތުން މިކަހަލަ ފާމްތައް ހައްދާނެ ވަރަށް ގިނަ ތަންތަން ހުރެއެވެ. އެންމެ ރަނގަޅު ކަމަކީ މިިއީ ތިމާވެއްޓަށް ގެއްލުމެއްވެސް ނެތް ސިނާއަތެއް ކަމުން މިކަމަށް މާބޮޑު ހުރަސްތަކެއް ވެސް ނުވެއެވެ.

މޫދުވިނައިގެ ވިޔަފާރިއެއް ފެށުމަކީ ނުހަނު ފަސޭހަ އަދި ފައިދާހުރި ވިޔަފާރިއަކަށް ވެދާނެއެވެ. މޫދު ވިނަ އަކީ ސަބަބުން އިންސާނުންގެ ސިއްހަތާއި، ޖަނަވާރުތަކުގެ ކާނާއާއި، ދަނޑުވެރިކަމާއި، ކޮސްމެޓިކްސް އަދި އެހެނިހެން ކަންކަމަށް ނުހަނު ބޭނުން ހިފޭ ފައިދާހުރި އެއްޗެކެވެ. ނަމަވެސް މިކަމަށް ވެސް ފަރުވާތެރިކަމާއެކު ޕްލޭންކޮށް، ދިރާސާކޮށް، އިންވެސްޓް ކުރަން ޖެހެ އެވެ. މޫދު ވިނައިގެ ވިޔަފާރިއެއް ފެށުމަށް އަޅަންޖެހޭ ބައެއް ފިޔަވަޅުތައް ތިރީގައި މިވަނީއެވެ.

• ރަނގަޅު ތަނެއް ހޮވުން. ގޮނޑުދޮށުގެ ކައިރިފަށުގައި ހުންނަ ތިލަ ތަންތަން ރާއްޖޭގައި ބައިވަރެވެ. އެކަމަކު މޫދު ވިނައިގެ ތަފާތު ބާވަތްތައް ފަސޭހައިން ލިބޭނެ ތަނެއް ބަލާލަން ވާނެއެވެ. އަދި ތާޒާ ފެނާއި، ކަރަންޓާއި، ދަތުރުފަތުރާއި، ގުދަން ކުރުމުގެ ވަސީލަތްތައް ވެސް ބޭނުންވާނެއެވެ. ރަށުގެ ކައުންސިލްތަކުން އެތަންތަން ކަނޑައަޅައިދީ ހުއްދަ ދިނުމުން އެއޮތީ މަސައްކަން ފަށަން ވެފައެވެ.

• މޫދު ވިނަ. ގުދުރަތީގޮތުން އެމާހައުލުން ފެންނަ މޫދުވިނަތައް ދެނެގަނެ، ނުވަތަ ވަކިބާވަތެއް ހޯދައި އިންދައި މިކަހަލަ ދަނޑުތައް ހެއްދި ދާނެއެވެ. ތަނުގައި ހުންނަ މޫދު ވިނަ އާލާ ކުރުން އަދި މާ ފަސޭހަވާނެއެވެ. މިދަނޑުތައް ހެއްދުމުގައި ތިމާވެއްޓަށް މާބޮޑު އަސަރެއް ނުކުރާނެ ގޮތަކަށް މަސައްކަތް ކުރެވޭނެއެވެ. މޫދު ވިނަ އިންދާ ހެއްދުމަށް އިތުރު އިންވެސްޓްމަންޓާއި ޓެކްނިކަލް ހުނަރުތައް ބޭނުންވެދާނެއެވެ. އަދި އުފައްދާ މިންވަރާއި ފެންވަރު ކޮންޓްރޯލް ކުރެވިދާނެއެވެ.

• މޫދު ވިނަ ޕްރޮސެސްކޮށް ތައްޔާރު ކުރުން. ހައްދާ މޫދުވިނައިގެ ބާވަތްތައް ދޮވެ، ހިއްކައި، ހިމުންކޮށް، ފުށަށް ހަދާފައި ނުވަތަ ގިރުވައި ދިޔާކޮށް ވެސް ބެހެއްޓޭނެއެވެ. މިފަދަ ތަފާތު އެތައް ގޮތްގޮތަށް މިތަކެތި ތައްޔާރު ކުރެވިދާނެއެވެ. އަދި އަމާޒުކުރާ މާކެޓުގެ މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތަށް އުފައްދައި ޕެކޭޖްކޮށް ލޭބަލް ކުރަން ޖެހޭނެ އެވެ. އަދި ފަހަރުގައި މޫދު ވިނައިގެ ބާވަތްތައް ރަނގަޅަށް އަދި ރައްކާތެރިކަމާއެކު ޕްރޮސެސް ކުރުމަށް ބޭނުންވާ ސާމާނާއި މެޝިނަރީތަކަށް އިންވެސްޓް ކުރަން ޖެހިދާނެ ވެސް މެއެވެ.

• މޫދު ވިނަ ވިއްކާނެ ބާޒާރު ހޯދުން. މޫދު ވިނައިގެ އުފެއްދުންތަކަށް ކަސްޓަމަރުން ނުވަތަ ވިއްކައިދޭނެ އޭޖެންޓުން ހޯދަން ޖެހެއެވެ. ބައިނަލް އަގުވާމީ މާރކޭޓްތަކަށް ނުވަތަ ސީދާ ކޮންސިއުމަރުންނަށް އެކްސްޕޯޓް ކުރެވިދާނެއެވެ. ކުދި ޕެކެޓްތައް ނުވަތަ ހޯލް ސޭލްކޮށް ވިއްކާލެވިދާނެއެވެ. މިކަމަށް ޚާއްސަ ކުންފުނިތަކަށް ޚާއްސަކޮށް މިތަކެތި ފޮނުވައި ދެވިދާނެއެވެ.

މޫދު ވިނައިގެ ވިޔަފާރިއެއް ފެށުމުގެ ޚަރަދާއި ފައިދާ ބިނާވެފައިވަނީ އެކަން ހިންގާ ބޮޑުމިނާއި ބާވަތާއި މާރކެޓްގެ ޑިމާންޑަށް ބަލާފައެވެ. ބައެއް ލަފާކުރުން ތަކުން ދައްކާ ގޮތުގައި 2021 ވަނަ އަހަރު ދުނިޔޭގެ މޫދު ވިނައިގެ ބާޒާރުގެ އަގު 6.5 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، 2031 ވަނަ އަހަރު 14.6 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ

ނަމަވެސް މީގެ މާނައަކީ މޫދު ވިނައިގެ ކޮންމެ ވިޔަފާރިއެއް ކާމިޔާބުވެ ނުވަތަ މިހާ ބޮޑު ފައިދާއެއް ލިބޭނެ ކަމަކަށް ނޫނެވެ. ކޮންމެ ވިޔަފާރިއެއް ފެށުމުގެ ކުރިން ފުރިހަމަ މާކެޓް އެނަލިސިސް އާއި ފައިނޭންޝަލް ޕްލޭނިންގ އެއް ހަދަން ޖެހޭނެ ވެސް މެއެވެ.

މި މަޢުލޫމާތު ކޮޅަކީ ފަސޭހައިން ބޮޑު އިންވެސްޓަކާ ނުލައި މިކަހަލަ ވިޔަފާރިއެއް ރާއްޖޭގެ ރަށް ރަށުގައި ފަށާނެ ގޮތަކާ މެދު އަޅުގަނޑު ކޮށްލި ދިރާސާއެކެވެ.

ގުޅުންހުރި ލިޔުންތައް