މާލޭ ސެލޫނެއްގައި އަންހެން ހެދުން އަޅައިގެން ފިރިހެނަކު އަންހެނެއްގެ އިސްތަށި ބޭލުުން ފުލުހުން ތަހްގީގް ފަށައިފި
ދެންމެ | 31 އޯގަސްޓް 2023

ރާއްޖޭގެ ސެލޫނެއްގައި ފިރިހެނަކު އަންހެން ހެދުން އަޅައިގެން ޚިދުމަތް ދިން މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް އާއްމު މީހަކު މައްސަލަ ހުށަހަޅާފައި ވަނީ ސެލޫނުން ޚިދުމަތް ދިން ގޮތާނެދު ހިތްހަމަ ނުޖެހިގެން ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވިދާޅުވިއެވެ.

މި ހާދިސާ ދިމާވީ ދަހާ އަބްދުﷲ ކިޔާ ދިވެހި އަންހެނަކަށެވެ. މިކަމުގެ ހިތްހަމަ ނުޖެހުން ފާޅުކޮށް އޭނާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ގޮތުގައި އަނާ ސެލޫނަށް ޚިދުމަތް ހޯދަން އޭނާ ދިޔައީ މިމަހުގެ 14ވަނަ ދުވަހުއެވެ. ވެކްސް ކުރުމަށް އެޕޮއިންޓްމަންޓް ހެއްދި އިރު ވެސް އަންހެން އެސްތެޓިޝަނަކަށް އެދިފައި ވާކަމަށް ދަހާ ބުނެފައި ވެއެވެ.

އޭނާ ސެލޫނަށް ދިއުމުން ޚިދުމަތް ދިނީ އަންހެން ހެދުމުގައި ހުރި މީހެއް ކަމަށާއި ބަލާ ބެލުމަށް އެއީ ފިރިހެނެއްކަން ބުނަން ނޭންގޭ ކަމަށް ދަހާ ލިޔެފައި ވެއެވެ.

އޭނާއަށް ޚިދުމަތް ދިން މީހާ އަކީ ފިރިހެނެއްކަން އެނގުނީ އެޕޮއިންޓަމަންޓް ނިންމާ ގެއަށް އައިފަހުން އިންސްޓަގްރާމުން ފެނުނު ޕޯސްޓް ތަކެއްގެ ސަބަބުން ކަމަށް ވެސް ދަހާ ބުންޏެވެ.

މި މައްސަލައިގައި އަނާ ސެލޫނުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވާގޮތުން މި މައްސަލަ އަކީ ކްލައެންޓް ކެއާގައި ޖެހުނު މައްސަލައެއްގެ ސަބަބުން ކުރިމަތިވި ކަމެކެވެ. އަދި އެކަމަށް އިންތިހާއަށްމައާފަށް އެދޭކަމަށާއި މިފަދަ ކަމެއް ކުރިމަތި ވިޔަ ނުދޭން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

ދަހާ އިންސްޓަގްރާމުގައި ލިޔެފައިވާ ގޮތުގައި މި މައްސަލަ އޭނާ ފެންމަތި ކުރީ އެ ސެލޫން ޖަވާބުދާރީ ކުރުވުމުގެ ބޭނުމުގައެވެ.

ބޭރުގެ ބައެއް ގައުމުތަކުގައި ފިރިހެނުން އަންހެން ހެދުން އަޅައިގެން މިފަދަ ޚިދުމަތްތައް ދިނުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް ރާއްޖެ ފަދަ މުސްލިމް ގައުމެއްގައި މިފަދަ އަމަލެއް ބަލައި ނުގަނެވޭކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!