ރޯރޯ މުދާ ފެރީ ތައާރަފް ކުރައްވާނެ ކަމަށް އަމްރް ވައުދު ވެއްޖެ
ދެންމެ | 05 ސެޕްޓެމްބަރ 2023

މުދާލާއި ކާރާއި ސައިކަލާއި އެކު މީހުން އުފުލާ ރޯރޯ މުދާ ފެރީ ތައާރަފް ކުރައްވާނެ ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ރަނިންގ މޭޓް ހުސެއިން އަމްރް ވިދާޅުވެއްޖެ އެވެ.

 

އަމްރް ވިދާޅުވީ ރޯރޯ ފެރީ ތައާރަފް ކުރައްވާނެ ކަމަށާއި ހަމަ އެކަނި ސްޕީޑް ފެރީގައި މީހުން ދަތުރުކޮށްގެން މިހާރު ފަރުޖެއްސެން ނެތް ކަމަށެވެ. މިގޮތުން އެއްރަށުން އަނެއް ރަށަށް މުދާ ގެންދެވޭން އިންތިޒާމް މިފެރީތަކުން ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

 

“ ތިބޭފުޅުން ދުއްވާ ސައިކަލާއި ކާރާއި އެކީގައި އެއްރަށުން އަނެއް ރަށަށް ގޮސް ދުއްވާލެވެން ޖެހޭ. މިގޮތުން އަޅުގަނޑުމެން ތައާރަފް ކުރަނީ ރޯރޯ ފެރީ. ތިބޭފުޅުން ކާރާއި ސައިކަލާއި މުދާލާއި އެކީގައި ދަތުރު ކުރެވޭނެ ގޮތްތައް އަޅުގަނޑުމެން ހަދާނަން.“ އަމްރް ވިދާޅުވި އެވެ.

ރައީސް ނަސީދު އިސްވެހުރެ އުފައްދާފައިވާ ޑިމޮކްރެޓިކް ޕާޓީން ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވަމުންދާ އިރު، ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމުގެ މަސައްކަތް ފައްޓަވާފައި ވަނީ ވެސް އެމަނިކުފާނުގެ ވެރިކަމުގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!