އެމްޑީޕީން މެނިސްފެސްޓޯ އޮޅާލައި ވަށް ކަންކުރި، މަޖިލިސް ދޭން ހެޔޮ ނުވާނެ: ނަސީދު
ދެންމެ | 20 އޭޕްރިލް 2024

މިދިޔަ ސަރުކާރުން މެނިފެސްޓޯގައި އޮތް އެއްވެސް ކަމެއް ނުނިންމާ ކަމަށާއި މެނިފެސްޓޯއަށް އިހުމާލުވީ ބަޔަކު މަޖިލީހަށް ގެނެސްގެން ދެން ވާނެ ފައިދާއެއް ނެތް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީއިން މިދިޔަ ވެރިކަމުގެ ދަޢުރު ނިންމާލީ ވަޢުދުވި ކަންކަމާ ޚިލާފަށް ކަމަށެވެ.

އެގޮތުން ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެއިރު އިޢުލާނުކުރި މެނިފެސްޓޯގައި ހިމަނާފައިވީނަމަވެސް ބޯހިޔާވަހިކަމުގެ ނަމުގައި ރައްޔިތުންނަށް ވަނީ އޮޅުވާލާފައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

”މެނިފެސްޓޯގައި އޮތީ ވެށިފެހި މާލެ ޕްރޮގްރާމް ހިންގުމަށް. އެނޫން ބޯހިޔާވަހި ކަމުގެ ޕްރޮގްރާމެއް މާލޭ ސަރަހައްދުގައި ހިންގާކަށް ވޭތުވެދިޔަ ސަރުކާރުގައެއް ނެތް. އެ ޕްރޮގްރާމެއް ނުހިންގި“

ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ރައީސް ނަޝީދުގެ ވެރިކަމަށް ފަހު އުފެއްދުނީ މަދު ތަނެއްކަމަށްވެސް ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

”އެންމެ ފަހު ވަގުތުގަ އެތައް ކަމެއް ނުރަނގަޅު އެތައް މަގަކުން ގޮސް އަދިވެސް އަދިވެސް މީހަކަށް ގެއަކަށް ނުވަދެވޭ. 5 އަހަރު، 6 އަހަރު، 7 އަހަރު ވެގެން ދަނީ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އުފެއްދި ތަނަކަށް ނޫނިއްޔާ މަދު ތަނަކަށް އަޅުގަނޑުމެންނަށް ވަދެވިފައި މިތިބީ“

ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ދަތުރުފަތުރާއި ޓެކްސް ނެގުންފަދަ، 2008 ގައި ގެނެވުނު މުހިންމު ބަދަލުތަކުގެ ބޭނުން ރައީސް ޞާލީހްގެ ސަރުކާރުން ނުހިފާ ކަމަށާއި، ދަޢުރު ނިމުނު އިރުވެސް އެކަންކަމުގެ މަންފާ ރައްޔިތުންނަށް ނުލިބޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އީޤްތިޞާދު ކުރިއެރުވުމުގެ ނަމުގައި ދަރަނި ދައްކަން ސުކޫކު ބޮންޑު ވިއްކުމުން ދައްކަން ޖެހޭ ދަރަނި އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި ދަޢުލަތަށް ލިބޭ އާމްދަނީގެ 20 އިންސައްތައަކީ ދަރަނި ދެއްކުމަށް ކުރަންޖެހޭ ހޭދަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިކަމުގެ 120 އިންސައްތައަކީ ދަރަނިކަމަށް ވިދާޅުވެ ރައީސް ނަޝީދު ފާޑުވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ޞާލިޙުގެ ވެރިކަމުގައި މަޖިލީހުގެ ސުޕަމެޖޯރިޓީވެސް ލިބިފައި އޮވެމެ ސަރުކާރުގެ މެނިފެސްޓޯއަށް އިހުމާލުވުމުން، އަލުން އެ ބޭފުޅުން މަޖިލީހަށް ގެނެސްގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނޯންނާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!