ޓްރަމްޕަށް މަރުހަބާ އެކު ރައީސް ވިދާޅުވީ ސުލްހައަށް މަސައްކަތް ކުރަން ތައްޔާރު ކަމަށް
ދެންމެ | 20 ޖެނުއަރީ 2025

އެމެެރިކާގެ ރައީސް ކަމުގެ ހުވާ ޑޮނާލްޑް ޓްރަމްޕް ކުރެއްވުމާ އެކު އެމަނިކުފާނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޓްރަމްޕަށް މަރުހަބާ ވިދާޅުވެ ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔެ ނުތަނަވަސްކަމެއްގެ ތެރޭގައިވާ މި ދަނޑިވަޅުގައި ޓްރަމްޕްގެ އާ ސަރުކާރުގެ ވިސްނުންތަކާއި ސިޔާސަތުތަކުން ހިކުމަތްތެރި ބަދަލުތަކެއް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

”ދުނިޔޭގެ ސުލްހައަށް ދެ ގައުމުން އެއްބަސްވެފައިވާ ލަނޑުދަނޑިތައް އިތުރަށް ހަރުދަނާކޮށް، ޒަމާންވީ ގުޅުން މި ދައުރުގެ ތެރޭގައި ކުރިއެރުވުމަށް އާ ސަރުކާރާ އެކު މަސައްކަތްކުރުމަށް ދިވެހިރާއްޖެ އޮތީ ތައްޔާރަށް،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!