ބަލި މީހުންނަށް ޒިޔާރަތްކުރެވޭ ވަގުތު އިތުރުކުރަން ނިންމައިފި
ދެންމެ | 09 މާރޗް 2025

ރޯދަ މަހާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ބަލި މީހުންނަށް ޒިޔާރަތްކުރެވޭ ވަގުތު އިތުރުކުރަން މިއަދު ނިންމައިފި އެވެ.

މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ދަށުން ހިންގާ އައިޖީއެމްއެޗް، ދަރުމަަންވަތަ ހޮސްޕިޓަލު، ވިލިމާލެ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކުރެވެނީ ހަވީރު ފަހަކުން ރޭގަނޑު އަށަކަށެވެ.

މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް މިއަދު އެކްސްގައި ވިދާޅުވީ އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ރޯދަމަހު ޒިޔާރަތްކުރާ ވަގުތު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 10:30 އަށް އިތުރު ކުރުމަށް ނިންމައިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!