ފޮނިބުރުއްސާފަ އުޅުނު މާނިއު ސްޓޭޓް މިނިސްޓަރު ކަމުން އިސްތިއުފާދީފި
ދެންމެ | 25 ޖުލައި 2024
ކަސްޓަމްސްގެ ކުރީގެ ވެރިޔާ، ޔޫސުފް މާނިއު ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މާނިއު، ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

މި ސަރުކާރުން އެންމެ ފުރަތަމަ ކޮމިޝަނަރަ ޖެނެރަލްގެ މަގާމަށް މާނިއު އައްޔަން ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެއަށްފަހު މިދިޔަ ހޯމަ ދުވަހު އޭނާ އެ މަގާމުން ވަކިކޮށް، އެ މަގާމަށް އައްޔަންކުރީ ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި ފާތިމަތު ދިޔާނާ އެވެ.

މާނިއު އަކީ ކުރިން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ރައީސްކަމާއި އޮޑިޓާ ޖެނެރަލް އޮފީހާއި އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވާފައި ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!